23 Aug 2020, 01:22
ޑައިރެކްޓަރު މޫމިން ފުއާދުގެ ވެބް ސީރީޒް "ގަމިނި" އަންނަ މަހު ބައިސްކޯފުން ސްޓްރީމްކުރާ ގޮތަށް ނިންމައިފިއެވެ.
ގަމިނި ގެ ޓީޒާ ޓްރެއިލާ އެއް މިހާރު ދައްކާލައިފައިވާއިރު މި ސީރީޒް ދައްކަން ފަށާނީ އަންނަ މަހު 25 ގައެވެ. މި ސީރީޒަކީ ކުރީގައި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތް ދައްކުވައިދޭނެ ސީރީޒެކެވެ.
ފައިނަލް ޗެޕްޓާ ސްޓޫޑިއޯ އިން ގެނެސްދޭ ގަމިނި ގެ ޓީޒާއިން ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދެއެވެ.
ގަމިނިގެ މައިގަނޑު ތަރިންނަކީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ، އަހުމަދު އާސިމް އަދި އިސްމާއީލް ޒާހިރު އެވެ. މީގެ އިތުރުން މި ސީރީޒުން ފެނިގެންދާ ތަރިންގެ ތެރޭގައި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ ހިމެނެއެވެ.
ތޭރަ އެޕިސޯޑުގެ މައްޗަށް އުފައްދާފައިވާ މި ސީރީޒްގެ މަންޒަރުތައް ނެގީ ތ. ކިނބިދޫ، ވޭމަންޑޫ، އއ. މަތިވެރި، މަޑޫގަލި، ފެރިދޫ އަދި ފ. ނިލަންދޫގައެވެ.