21 Aug 2020, 23:26
ހޯމް ކަރަންޓީން އުސޫލާ ހިލާފުވި މީހަކު ގއ. ވިލިނގިލިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވިލިނގިލީގައި ކަރަންޓީން ކޮށްފައި ހުރި ތަނުން ބޭރަށް ނިކުމެ ރަށުތެރޭގައި އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެރަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް މިރޭ ހުށަހެޅުމުން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ހޯމް ކަރަންޓީނުގެ އުސޫލާ ޚިލާފަށް ބޭރަށް ނުކުމެ އުޅޭ ގިނަ ބަޔަކު ފުލުހުން މީގެކުރިން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އެމީހުންނަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.