21 Aug 2020, 22:59
ސިފައިންގެ އިތުރު 26 މީހަކު މިއަދު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ ކ. ގިރިފުށިން މިއަދު ކޮވިޑް19ގެ އިތުރު 26 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެވެ.
ސިފައިންގެ ތަމްރީނުތަކަށް ބޭނުންކުރާ ގިރިފުށިން މީގެ ކުރިން ވެސް ވަނީ ކޮވިޑުގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފަ އެވެ.
އެގޮތުން މީގެ ކުރިން ދެފަހަރެއްގެ މަތިން ފަސް ކޭސް އަދި ހަތަރު ކޭސް އެރަށުން ފެނިފައިވެ އެވެ.
މިއަދު ފެނުނު ކޭސްތަކާއެކު ގިރިފުށިން ކޮވިޑް ކޭސްތަކުގެ ޖުމުލަ އަދަދު 35އަށް ވަނީ އަރާފަ އެވެ.