21 Aug 2020, 22:44
ކޮވިޑްޖެހިގެން ރާއްޖެއިން 62 އަހަރުގެ ބިދޭސީއަކު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނި ގޮތުގައި ކޮވިޑް-19 ޖެހިގެން މިރޭ މަރުވެފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ.
އެމީހާ އަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް16 ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެއްކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.
އެމީހާ ނިޔާވެފައިވަނީ މިރޭ 20:02 ގަ އެވެ.
މިއީ މިހާތަނަށް ކޮވިޑް-19 ބަލީގައި ރާއްޖެއިން މަރުވި 26 ވަނަ މީހާ އެވެ.
އެންމެ ފަހުން އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުން ދައްކުވައިދޭ ގޮތުގައި މިހާތަނަށް ރާއްޖެއިން 6.564 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.
އެކްޓިވް ކޭސް ނުވަތަ މިވަގުތު ފަރުވާ ދެމުންދާ ކޭސްތަކުގެ ގޮތުގައި ތިބީ 2،527 މީހުންނެވެ. ބައްޔަށް ފަރުވާ ދިނުމުގެ ގޮތުން ހޮސްޕިޓަލުގައި މިވަގުތު އެޑްމިޓްކުރެވިފައިވާ މީހުންގެ އަދަދަކީ 166 އެކެވެ. ރާއްޖެއިން މި ބަލިޖެހުމަށް ބަލިން ފަސޭހަވި މީހުންގެ އަދަދު ނުވަތަ ރިކަވަރީ އަދަދު ހުރީ 4،012 ގަ އެވެ.