ގއ. ވިލިނގިލީ މަހަށް ދާ ދޯންޏަކުން މަހަށް ގޮސް އުޅުނު ބިދޭސީއަކު ކުއްލިއަކަށް މަރުވެއްޖެ އެވެ.

ސްޓްރޯކެއް ޖެހިގެން މޫދަށް ވެއްޓިފައި އޮއްވާ އޭނާ ނެގިއިރުވެސް މަރުވެފައި އޮތް ކަމަށް ގއ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ފުއާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު ބަންގްލަދޭޝްގެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާއަކީ "މަސް ހަޒާނާ5" ދޯނީގެ ކައްކާގެ އެސިސްޓެންޓް ކަން އެނގިފައިވެ އެވެ.

މަހަށް ގޮސް އުޅެނިކޮށް ޑިކޯވެގެން ނުވަތަ ހާޓް އެޓޭކް ޖެހިގެން މީހުން މަރުވެ އެވެ.