މަޝްހޫރު މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާއާ އެކު އިތުރު ބަޔަކު ޕީޕީއެމްއަށް ރޭ ސޮއިކޮށްފި އެވެ.

މީގެ ކުރިން ނާޒިމާ ހުންނެވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގަ އެވެ. އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ މިދިޔަ އަހަރު ޖެނުއަރީ މަހު އެވެ.

އެ ބޭފުޅުން ޕީޕީއެމްއަށް ސޮއިކުރެއްވީ ރޭ އެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ޖޭޕީގެ ޓިކެޓެއްގައި ނާޒިމާ ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑިއަށް ވާދަ ކުރި އެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީ ކެންޑިޑޭޓް ހަސަން ލަތީފެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރޭ ފުދޭ ވަރެއްގެ ގިނަ ބަޔަކު ޕީޕީއެމްއަށް ސޮއިކުރެއްވި ކަމަށެވެ. ނަމަވެސް އެ އަދަދެއް އޭނާ ހާމައެއް ނުކުރެ އެވެ.

ޕީޕީއެމްއަށް އިތުރު ބަޔަކު ސޮއިކުރުމަށް ބޭއްވި ރަސްަމިއްޔާތުގެ ތެރެއިން--

ސައީދު ރޭ "ސަން" އަށް ވިދާޅުވީ ސަރުކާރުގެ ހިންގުމާ ދޭތެރޭ ޒުވާން ޖީލް މިހާރު ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ.

"ވަރަށް ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ނުލިބި މަގުމަތިވެފައި އެތިބީ. އެކަހަލަ ޝުއޫރުތައް އެކުދިން އެދަނީ ފާޅުކުރަމުން. މާބޮޑު ކުރޭނެކަމެއް ނެތް. ސަރުކާރާ ދޭތެރޭގައި މާޔޫސްވެ އޮތްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. ރިސޯޓްތަކުގައި ވަޒީފާގައި އުޅޭ މުވައްޒަފުންގެ ޝުއޫރުތައް ވެސް އެދަނީ ކެނޑިނޭޅި ފާޅުކުރަމުން." ސައީދު ވިދާޅުވި އެވެ.

ޕީޕީއެމްއަށް އިތުރު ބަޔަކު ސޮއިކުރުމަށް ބޭއްވި ރަސްަމިއްޔާތުގެ ތެރެއިން--

ސައީދު ވިދާޅުވީ މިހާރު އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހިފައި ވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަން އެކަނި ނޫން ކަމަށާއި ސަރުކާރުން އަމަލުކުރަމުންދާ ގޮތާ ދޭތެރޭ ވެސް އާންމު ރައްޔިތުން މާޔޫސްވެފައިވާ ކަމަށެވެ.