11 Jan 2012, 12:08
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ތ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފި އެވެ.
ރައީސްގެ މިދަތުރުފުޅުގައި، އެ ރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގައި ސަރުކާރުން ހިންގަމުން ގެންދާ އަދި ހިންގުމަށް ހަމަޖައްސާފައިވާ ތަރައްގީގެ ޕްރޮގްރާމްތަކާ ބެހޭ ގޮތުން ކައުންސިލްތަކާ ހިޔާލު ބަދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން، އެ ރަށްރަށުގައި ގާއިމްކުރެވިފައި ހުރި، ތައުލީމީ، ސިއްހީ އަދި އިޖްތިމާއީ ހިދްމަތް ފޯރުވައި ދިނުމުގެ ވަސީލަތްތައް ހުރި ނެތް ގޮތް ވެސް ބައްލަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މިދަތުރުފުޅުގައި، ފުރަތަމަ ވަޑައިގަންނަވާނީ ތ. ގުރައިދުއަށެވެ.