19 Aug 2020, 22:18
ފާއިތުވި 2 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 146 މީހަކު ދެނެގަނެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެހީންނާއި ބަންގްލަދޭޝްގެ 21 މީހަކާއި، ލަންކާ ފަސް މީހަކާއި، އިންޑިއާ ދެމީހުންގެ އިތުރުން ފިލިޕީންސްގެ މީހެއް ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފެނުނު 144 ކޭސް އަކާއި، އަތޮޅު ތެރެއިން ފެނުނު ދެ މީހެކެވެ.
މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1135 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ.
މިއާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 6،225 އަށް އަރައިފައެވެ.
އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 3788 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2،413 މީހެކެވެ.
މިއަދު 146 މީހަކު ޕޮޒިޓިވްވި އިރު، 140 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލޭ ފިޔަވައި ރާއްޖޭގެ މީހުން އުޅޭ 20 ރަށެއްގައި މިވަގުތު އެކްޓިވް ކޭސްތައް އެބަހުއްޓެވެ. އޭގެ އިތުރުން 12 ރިސޯޓަކުން ހަތް ފަތުރުވެރިންނާއި 13 ސްޓާފުން ވެސް ވަނީ ޕޮޒިޓިވްވެފައެވެ.
މިވަގުތު 1390 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި އިރު، 152 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.
ކޮވިޑް19 ގައި ރާއްޖެއިން މިހާތަނަށް 24 މީހަކު ވަނީ މަރުވެފައެވެ.