11 Jan 2012, 12:00
ހދ. ފިނޭގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯތަކެއް އިންޓަނެޓަށް ލީކުކޮށްލި މައްސަލައެއް ފުލުހުން ބަލަންފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުޑަ އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯތަކެއް ލީކްކޮށްލި މައްސަލައެއްގެ ފިނޭގައި ފެންމަތިވެގެން އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލަ އާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރު ކޮށްފައިނުވާ އިރު ކޯޓު އަމުރަކަށް އެދިފައިވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ ހަ ދުވަސް ކުރިން، ނ. މަނަދޫގައި އަންހެން ކުދިންތަކެއްގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް އެ ވީޑިއޯތައް އާންމު ކުރިކަމުގެ ތުހުމަތުގައި އެ ރަށުން ޒުވާނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މިދިޔަ އަހަރު ތެރޭ ދެމަފިރިކަމުގެ ގުޅުންތައް ރިކޯޑް ކޮށް، ފޮޓޯ އާއި ވީޑިއޯތަކެއް އެކި ރަށްރަށުން އާންމު ކުރި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.