ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ 62 ޕަސެންޓް ނިމިއްޖެ އެވެ.

މި މަޝްރޫއުގެ ދަށުން ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެސްފޯލްޓް ގެންގޮސްފައި ވަނީ 13 އޯގަސްޓްގަ އެވެ.

މި މަޝްރޫއުގެ ދަށުން، 3.5 ކިލޯ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރާނެ އެވެ.

އަދި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތާއި ސްޕީޑް ބްރޭކަރުލުމާއި މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

އެމްޓީސީސީ އިން ކުރިއަށްގެންދާ މި މަޝްރޫއަކީ 25.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 26 ޖޫން 2019ގަ އެވެ.