މިއަދު 170 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވިއިރު، އޭގެ ތެރެއިން 134 މީހުންނަކީ ދިވެހީން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދުގެ 18:00 އާ ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެހީންގެ އިތުރުން 23 ބަންގްލަދޭޝް މީހުންނާއި ހަތް އިންޑިއާ މީހުންނާއި ދެކުނު އެފްރިކާ މީހުން ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދުގެ ކޭސްތަކުގެ ތެރެއިން 169 ކޭސް ފެނިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދު 6،099 އަށް ވަނީ އަރާފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،407 އެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު ވަނީ މިހާރު 18 އަށް އަރާފައެވެ. އަދި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 24 އެވެ. އެގޮތުން ވައިރަސް ޖެހިގެން މިއަދު ވަނީ މީހަކު މަރުވެފައެވެ. މިއަދު ކޮވިޑް-19ގެ ސަބަބުން މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއަދާ ހަމައަށް މާލޭ ފިޔަވައި ރާއްޖޭގެ 18 ރަށަކުން އެކްޓިވް ކޭސްތައް ވަނީ ފެނިފަ އެވެ.