ގިނަ އަދަދެއްގެ ބެންގާލީ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު ރާޖް ޗަކްރަބޯޓީ 45، ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރާޖް ކުރި ޓްވީޓެއްގައި ބުނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އަދި އޭނާގެ ބައްޕަ މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް ބައްޕަ ދެފަހަރު ކޮވިޑަށް ޓެސްޓްކުރުމުން ވެސް ނަތީޖާ ދެއްކީ ނެގަޓިވް ކަމަށެވެ. ރާޖް ބުނީ މިވަގުތު އޭނާ ހޯމް ކަރަންޓީނުގައި ހުރިއިރު އާއިލާގެ އިތުރު މެންބަރުން ވެސް ކޮވިޑަށް ޓެސްޓްކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށެވެ.

ރާޖް ކޮވިޑަށް ޕޮޒިޓިވްވުމާ އެކު އޭނާގެ ފޭނުން އަންނަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.

ޑައިރެކްޓަރު ރާޖް ޑައިރެކްޓްކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ޗެލެންޖު"، "ޕަތިނީތާ" އަދި "އަބިމާން" ހިމެނެއެވެ. އޭނާ ވަނީ މިހާތަނަށް 15 ފިލްމަށް ވުރެ ގިނަ ފިލްމު ޑައިރެކްޓްކޮށްފަ އެވެ.