ޕޯޗުގަލްގެ އެންމެ ދެކުނު ސަރަހައްދުގައި އޮންނަ އަލްގަރުވޭ މޫދު ސަރަހައްދުގައި އޮޔާދިޔަ ދެ އަންހެނުން އެގައުމުގެ ރައީސް މަރުސޭލޯ ރިބޭލޯ ދި ސޫސާ (71 އަހަރު) ސަލާމަތްކުރައްވައިފި އެވެ.

އެ ދެ އަންހެނުން ސަލާމަތް ކުރެއްވިއިރު ރައީސް އެ ސަރަހައްދުގައި އުޅުއްވީ ފަތުރުވެރިކަން ޕްރޮމޯޓްކުރެއްވުމުގެ ގޮތުންނެވެ.

އެ ހާދިސާ ހިނގިއިރު އޮއިގަދަވެގެން ކެނޯއެއް އޮތީ ބަންޑުން ޖަހާލައިފަ އެވެ. އަދި އޭގައި ތިބި ދެ އަންހެނުންނަށް ކެނޯއަށް ނޭރި ދިޔައި އޮޔާދަމުންނެވެ.

އެ ދެ އަންހެނުން ރައީސްއަށް ފެނިވަޑައިގަތީ އެމަނިކުފާނު މޫދުކައިރީގައި އިންޓަވިއުއެއް ދެއްވަން ހުންނަވަނިކޮށެެވެ. އަދި ވަގުތުން މޫދަށް ފުއްމާލައްވައި ވަނީ އެ ދެ އަންހެނުން ސަލާމަތް ކުރައްވައިފައެވެ. އެ ވަގުތު ޖެޓްސްކީއެއްގައި އައި މީހަކުވެސް އެ ދެ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދޭ މަންޒަރު ފެނެެ އެވެ.

ޕޯޗުގަލްގެ ރައީސް އިންޓަވިއުދެއްވަނީ--

ރައީސް ވަނީ އެފަދަ ހާދިސާތައް ދިމާވާނެކަމަށް ބެލެވޭތީ އަންހެނުން ބަލައިގެން އުޅުމަށްވެސް އިލްތިމާސްކުރައްވައިފަ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ޕޯޗުގަލްގެ މޫދު ސަރަހައްދުތައް ބަންދުކޮށްފައި އޮތުމަށް ފަހު މިހާރު ވަނީ މަޑުމަޑުން ހުޅުވާލައިފަ އެވެ. އެގައުމަށް ގިނަ އަދެއްގެ އިނގިރޭސިފަތުރުވެރިން ޒިޔާރަތްކުރެ އެވެ.-- ބީބީސީ--