19 Aug 2020, 08:54
ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށިކަމަށް ބެލެވޭ ޗައިނާގެ ވޫހާން ސިޓީގައި ބޮޑު ޕޫލް ޕާޓީއެއް ބާއްވައިފި އެވެ.
ކޮރޮނާ ވައިރަސް ކޮންޓްރޯލް ކުުރުމުގެ ގޮތުން މުޅި ޗައިނާގައިވެސް މިހާތަނަށް އެންމެ ހަރުކަށި ފިޔަވަޅުތަކާއެކު ފުރަަބަންދުކުރި ސަރަހައްދަކީ ވޫހާން ސިޓީ އެވެ.
އެ ސިޓީ 76 ދުވަސް ވަންދެން ފުރަބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލީ މިދިޔަ އޭޕްރީލް މަހު ކުރީ ކޮޅުއެވެ. އަދި މިދިޔަ މޭ މަހުގެ މެދުތެރެއިން ފެށިގެން ކޮރޯނާގެ އެއްވެސް ކޭހެއް އެ ސިޓީން ނުފެނެއެވެ.

ވޫހާންގައި ބޭއްވި ބޮޑު ޕޫލް ޕާޓީގެ ތެރެއިން--

ވޫހާންގައި ބޭއްވި ބޮޑު ޕޫލް ޕާޓީގެ ތެރެއިން--
ބަލި ކޮންޓްރޯލް ކުރިފަހުން ވޫހާން ސިޓީގެ ދިރިއުޅުން މަޑުމަޑުން ހަމައަކަށް އެޅެމުންދާތަން ދަނީ ފެންނަމުންނެވެ. އެގޮތުން މިދިޔަ ހަފްތާ ބަންދުގައި އެ ސިޓީގެ މާޔާ ބީޗް ވޯޓާ ޕާކްގައި ބޭއްވި ބޮޑު ޕޫލް ޕާޓީގައި މީހުންތިބީވެސް ކައިރި ކައިރީގައި ޖެހިޖެހިގެންނެވެ. މާސްކެއް ނާޅައެވެ.

ވޫހާންގައި ބޭއްވި ބޮޑު ޕޫލް ޕާޓީގެ ތެރެއިން--
އެ ވޯޓާޕާކް ގިނަ ދުވަސްތަކެއް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވީ މިދިޔަ ޖޫން މަހުއެވެ. އާންމުކޮށް ހަފްތާ ބަންދުފައި 15،000 އެއްހާ މީހުން އެތަނަށް ޒިޔާރަތްކުރެއެވެ. ނަމަވެސް މިމަހުު މަހު އެތަނަށް ޒިޔާރަތްކުރަނީ ކުރިއާ ބަލާއިރު ދެބައި ކުޅައެއްބައި މީހުންނެވެ. އެ ޕާކުން މިހާރު ހިދުމަތް ދެނީ ކުރިން ނަގާ އަގަށް ވުރެ ދެގުނަ އަގުހެޔޮކޮށެވެ.
ވޫހާންގާއި ބޮޑު ޕޫލް ޕާޓީއެއް ބޭއްވިޔަސް ދުނިޔޭގެ އެހެން ތަންތަނުގައި މިހާރުވެސް ދަނީ އާންމުން ގިނައިން އެއްވެ އުޅޭގޮތަށް ބޮޑެތި އިވެންޓްތައް ނުބޭއްވުމަށެވެ. ދުނިޔޭގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މީހާރު ވަނީ 21 މިލިއަން ފަހަނަ އަޅާގޮސްފައެވެ. އަދި އިންޑިއާ، ބްރެޒިލް އަދި އެމެރިކާގައި ބަލި ދަނީ ކޮންޓްރޯލެއް ނެތި ފެތުރެމުންނެވެ.-- ސީއެންއެން