18 Aug 2020, 14:08
ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
މިއީ ރާއްޖޭގައި މި ބަލި ޖެހިގެން މަރުވި 24 ވަނަ މީހާ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު މަރުވި މީހާ އަކީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ އަށް ފަރުވާ ދެމުންދިޔައީ އައިޖީއެމްއެޗުގައި ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
މިއީ ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑުގައި ރާއްޖެއިން މަރުވި ދެވަނަ މީހާ އެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން 24 މީހަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 19 ދިވެހީންނާއި، ބަންގްލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސް މީހެކެވެ.
މިހާތަނަށް ރާއްޖެއިން 5،909 މީހުން ކޮިވޑަށް ޕޮޒިޓިވް ވެފައިވެ އެވެ. ބައްޔަށް ފަރުވާ ދެމުންދަނީ 2،389 މީހުންނަށެވެ. ބަލިން ރަނގަޅުވެފައިވަނީ 3،488 މީހުންނެވެ.