ކޮވިޑް19އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވެގެން ރައްޔިތުންގެ މަޖިލީހުގެ އަމިން އާންމު ފާތުމަތު ނިއުޝާ އާއި އިތުރު ދެ މެމްބަރަކު އެކަހެރިކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަމީން އާންމު އަދި ދެ މެމްބަރަކު މިހާރު އައިސޮލޭޝަންގައިވާ ކަމަަށެވެ.

"އިއޮސޮލޭޝަންގައި ތިއްބެވީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަދި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު. ހަމަ އެއާއެކު މަޖިލީހުގެ އަމީން އަންމުވެސް ހުންނެވީ އައިސޮލޭޝަންގައި،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން މަޖިލީހުގެ މިޑިއާ އޮފިޝަލް ވިދާޅުވީ، އެ ތިން ބޭފުޅުން އަސޮލޭޓްކޮށްފައި ވަނީ ޕޮޒިޓިވްވި މީހަކާ ބައްދަލުވެގެން ކަމަށެވެ.

މީގެ ކުރިންވެސް މަޖިލީހުގެ ބައެއް މުވައްޒަފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ބައެއް މުވައްޒަފުންނާއި މެމްބަރުން ވަނީ މީގެ ކުރިން ކަރަންޓީންވެސް ކޮށްފަ އެވެ.