17 Aug 2020, 22:05
މިއަދު 124 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވިއިރު، އޭގެ ތެރެއިން 100 މީހުންނަކީ ދިވެހީން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 100 ދިވެހިންގެ އިތުރުން، ބަންގްލަދޭޝްގެ 16 މީހުން، އިންޑިއާ ތިން މީހުން، ނޭޕާލް ދެ މީހުން އަދި ފިލިޕީންސް މީހަކާއި ޔޫކްރެއިން މީހަކާއި އޮސްޓްރޭލިއާ މީހެއް ހިމެނޭ ކަމަށެވެ.
މިއަދުގެ ކޭސްތަކުގެ ތެރެއިން 118 ކޭސް ފެނިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދު 5909އަށް ވަނީ އަރާފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2389 އެވެ.
ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިއަދު 139 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 3349 އެވެ. އަދި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 23 އެވެ.
މިއަދާ ހަމައަށް މާލޭ ފިޔަވައި ރާއްޖޭގެ 18 ރަށަކުން އެކްޓިވް ކޭސްތައް ވަނީ ފެނިފަ އެވެ.