ޓެކްނިކަލް މައްސަލައެއް ދިމާވެ، ދިރާގުގެ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވެއްޖެއެވެ.

ދިރާގުން ބުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ކުންފުނީގެ މޯބައިލް އަދި ފިކްސްޑް ބްރޮޑްބޭންޑް ކަސްޓަމަރުންނަށް އިންޓަނެޓް ހިދުމަތް ލުބުމުގައި ދަތިތައް ކުރިމަތިވެދާނެ ކަމަށެވެ.

މި މައްސަލަ ހައްލު ކުރުމަށް ދިރާގުން ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޓަނެޓް ލިބުމުގައި ދަތިވުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.