16 Aug 2020, 22:08
މިއަދު ވެސް 106 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ގިނައީ ދިވެހިން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 79 މީހުންނަކީ ދިވެހީންނެވެ. ދެން ހިމެނެނީ 21 ބަންގަލަދޭޝް މީހުންނާއި ފަސް އިންޑިއާ ރައްޔިތުންގެ އިތުރުން ނޭޕާލްގެ އެކެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 99 މީހުން ތިބީ މާލެ ސަރަހައްދުގަ އެވެ. އެއީ މާލެ، ވިލިނގިލި އަދި ހުޅުމާލެ އެވެ. އަނެއް ހަތް މީހުން ތިބީ އެހެން ރަށް ރަށުގަ އެވެ.
މިހާތަނަށް ރާއްޖެއިން 5,785 މީހުނަށް ކޮވިޑް ޖެހިފައިވާއިރު، މިވަގުތު ބައްޔަށް ފަރުވާ ދެމުންދަނީ 2،414 މީހުންނަށެވެ. އޭގެ ތެރެއިން 146 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
މިއަދު ވަނީ 141 މީހަކު ކޮވިޑުން ފަސޭހަވެފަ އެވެ.
މިހާތަނަށް 3،349 މީހުން ބަލިން ރަގަޅުވެފައިވާއިރު 22 މީހަކު ވަނީ މި ބަލީގައި މަރުވެފައިވެއެވެ.