17 Aug 2020, 12:21
ބޮލީވުޑްގެ ފިލްމު ކުންފުނި ޒީ ސްޓޫޑިއޯސް އިން އަނެއްކާ ވެސް ފިލްމެއް އިއުލާންކޮށް ފިލްމުގެ ލީޑު ތަރިން އިއުލާންކޮށްފި އެވެ.
ރޮމޭންޓިކް ކޮމެޑީ ޖޯންރާއަށް ތައްޔާރުކުރާ މި ފިލްމަށް ކިޔަނީ "14 ޕޭރާ" އެވެ. ފިލްމުގެ ފިރިހެން ލީޑަކީ ދީޕިކާ ޕަދުކޯން އާއެކު ޗަޕާކް އިން ފެނިގެންދިޔަ އެކްޓަރު ވިކްރަންތު މަސީ އާއި އަކްޝޭ ކުމާރު އާއެކު ހައުސްފުލް ހަތަރަކުން ފެނިގެންދިޔަ ބަތަލާ ކްރިތީ ކަރްބަންދާ އެވެ.
ނޮވެމްބަރު މަހު ފިލްމު ޝޫޓިން ފެށުމަށް ނިންމާފައިވާއިރު މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު ޖުލައި މަހު ނުވަ ވަނަ ދުވަހު އެވެ. ދެވަންޝޫ ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރީ މަނޯޖް ކަލްވާނީ އެވެ. ފިލްމުގެ ފަސްޓްލުކް މިހާރު ވަނީ ދައްކާލައިފަ އެވެ.