17 Aug 2020, 07:48
ދާދިފަހުން ދެވަނަ ދަރިއަކަށް ބަލިވެއިން ކަން ހާމަކުރި ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރު ފިލްމު ކުޅެދޭ އަގުބޮޑުކޮށްފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ދެން ކަރީނާ ފިލްމެއް ކުޅެދޭނީ 10 ކުރޯޑު ރުޕީސްއަށެވެ. އެއީ 1.4 މިލިއަން ޑޮލަރެވެ. މީގެ ކުރިން ބަތަލާ ކަރީނާ ފިލްމެއް ކުޅެދެނީ ހަތް ކުރޯޑު ރުޕީސްއަށެވެ.
ބޮލީވުޑްގެ އެންމެ އަގު ބޮޑު ބަތަލާއިން ތެރޭގައި ހިމެނޭ ކަރީނާ ފިލްމު ކުޅެދޭ އަގު ބޮޑުކުރަން ނިންމީ ފަހަކަށް އައިސް އޭނާގެ ފިލްމުތައް ހިޓަކަށް ވާން ފެށުމުންނެވެ.
އެގޮތުން މިދިޔަ އަހަރު އަކްޝޭ ކުމާރު އާއި އޭނާ ކުޅުނު ފިލްމު "ގުޑް ނިއުޒްް" އަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ވެސް ލިބިފައެވެ. އަދި މިއަހަރު ރިލީޒްކުރި އަނގްރޭޒީ މީޑިއަމް އަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
ބަތަލާ ކަރީނާ 10 ކުރޯޑަށް ފިލްމެއް ކުޅެދޭއިރު ބަތަލާ ކަންގަނާ ރަނައުތު މިހާރު ފިލްމެއް ކުޅެދެނީ 11 ކުރޯޑަށެވެ. އަދި އެންމެ އަގުބޮޑު ބަތަލާ ދީޕިކާ ޕަދުކޯންގެ ކުރިއަށް އޮތް ފިލްމު އޭނާ ކުޅެދޭނީ 20 ކުރޯޑަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.