10 Jan 2012, 16:40
އދ. މަހިބަދޫން ފުރައިގެން ހަތަރު މީހުންނާ އެކު މާލެ އައުމަށް ދަތުރުކުރަމުން ދިޔަ ދޯންޏަކަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް ދިޔަވާން ފެށުމުން ކޯސްޓްގާޑާއި މެރިން ޕޮލިސް އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެދޯނި ކޮންޓްރޯލް ނުކުރެވޭ ވަރަށް ދިޔަވަމުންދާ ކަަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެސަރަހައްދަށް ދިޔަ މެރިން ޕޮލިސްގެ އިތުރުން ކޯސްގާޑުގެ އެހީތެރިކަމާ އެކު އެދޯނީގެ ދިޔަ ގަނޑު ހިއްކާފައިވާ ކަމަށާއި އަދި މިހާރު އެދޯނި މާލެ އައުމަށް ދަތުރުކުރަމުން ގެންދާ ކަމަށެވެ. އަދި މިހާދިސާއާ ގުޅިގެން ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
"ނަސާހު 2" ނަމަކަށް ކިޔާ ދޯނި ދިޔަވާން ފަށާފައި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ހަވީރު ލިބުނުއިރު އެދޯނި އޮތީ މާލެ އަތޮޅު ވާގަލި ކައިރިން ކަމަށް ކޯސްޓްގާޑުން ވަނީ ބުނެފަ އެވެ. އަދި ނުވަދިހަ ފޫޓުގެ އެ ބޯޓުގައި ތިބީ ހަތަރު މީހުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ބުންޏެވެ.