17 Aug 2020, 16:44
"ގަންނަ މާޓު"ގެ ކަސްޓަމަރުންނަށް ފަސޭހަކޮށްދީ، ފަސޭހައިން ވިޔަފާރި ކުރެވޭނެ ޕްލެޓްފޯމެއްގެ ގޮތުގައި "ގަންނަ މާޓު އެޕް" ލޯންޗުކޮށްފިއެވެ.
މިއީ ގޭގައި ތިބެގެން، ގަންނަ މާޓުން ވިއްކާ މުދާތައް އޮންލައިންކޮށް އޯޑަރުކޮށްލެވޭނެ އަދި ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަން ތަކުގެ މައުލޫމާތު ލިބޭނެ އެޕްލިކޭޝަނެކެވެ.
މި އެޕް މެދުވެރިކޮށް ކަސްޓަމަރުން އޯޑަރު ކުރާ މުދާ ޑެލިވަރީ ކުރުމަށް ކަސްޓަމަރުންނަށް ފަސޭހަ ވަގުތެއް ހިޔާރު ކުރެވޭނެއެވެ. އަދި އެޕް މެދުވެރިކޮށް ގަންނަ މުދަލަށް ފައިސާ ދައްކާ، އޯޑަރު ޓްރެކް ކުރެވޭނެއެވެ.
ގަންނަ މާޓުން ލިބެން ހުންނަ ޕްރޮޑަކްޓުތަކުގެ ތެރޭގައި ތުއްތު ކުދިންނަށް ހާއްސަ ޕްރޮޑަކްޓުތަކާއި ކޮސްމެޓިކްސް، ލުއިބުއިން، ގޭތެރެ އަދި ބަދިގެއަށް ބޭނުންވާ ސާމާނުގެ ހިމެނެއެވެ.
މީގެ އިތުރުން ބޭޑް ލެބް، ޑްރައިޕާސް، ޑެޓޯލް އަދި ގުޑްވާޗާ ކޯ ގެ އުފެއްދުންތައްވެސް ގަންނަ މާޓުން ލިބެން ހުންނާނެއެވެ.
މި ހުރިހާ ޕްރޮޑަކްޓް ރޭންޖްތަކާއި ބްރޭންޑްތައް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް ގަންނަ މާޓް އެޕުން އޯޑަރު ކުރުމުން ޑެލިވާ ކޮށްދޭނެއެވެ.
ގަންނަ މާޓް އެޕް ލޯންޗުކޮށް ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން އެޕް މެދުވެރިކޮށް ކުރާ ކޮންމެ އޯޑަރަކަށް ހާއްސަ ސަޕްރައިޒް ގިފްޓެއް ލިބޭނެއެވެ.