16 Aug 2020, 17:16
އެންޒީއިން ކުރިއަށް ގެންދާ "އެންޒީ ވަރަށް ފައްކާ މަސްދަޅު ޕްރޮމޯޝަން"ގެ ނަސީބުވެރި ފަރާތްތައް ހޮވައިފި އެވެ.
އިއްޔެ ނެގި ލަކީޑްރޯގައި ހޮވާފައިވަނީ އޭޕްރިލް، މެއި، ޖޫން އަދި ޖުލައި މަހުގެ ނަސީބުވެރި ފަރާތްތަކެވެ. އެންޒީއިން ބުނީ މާޗު މަހުގެ ލަކީ ޑްރޯގެ ނަސީބުވެރިންނަށް ފައިސާގެ އިނާމު ކުރިން ހަވާލުކޮށްފައިވާ ކަމަށާއި އޭޕްރިލް މަހުން ފެށިގެން ލަކީ ޑްރޯ ނެގުން ލަސްވެފައިވަނީ ކޮވިޑްގެ ސަބަބުން ކަމަށެވެ.

ލަކީ ޑްރޯއިން ހޮވުނު ހުރިހާ ނަސީބުވެރިންނަށް ވެސް އެންޒީއިން މިއަދުގެ ވަގުތެއްގައި ގުޅައި، ފައިސާ ހަވާލު ކުރާނެ ގޮތުގެ އިރުޝާދު ދޭނެ އެވެ.
ފެބްރުއަރީ 15ގައި ފެށި މި ޕްރޮމޯޝަންގައި "ވަރަށް ފައްކާ ޕްރޮމޯޝަން" ލޭބަލް ޖަހާފައިވާ މަސްދަޅެއް ގަނެގެން، ލޭބަލް ކޮޅު ނައްޓާލުމަށްފަހު ލޭބަލްގެ އެތެރޭގައިވާ ސީރިއަލް ނަންބަރު 5040 އަށް އެސް އެމް އެސް ކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
ކޮންމެ މަހަކު ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ފައިސާގެ އިނާމު ލިބިގެންދާނެ އެވެ. އެއީ ތިން ވަނައަށް 1،000 ރުފިޔާ، ދެވަނައަށް 5،000 ރުފިޔާ އަދި އެއްވަނައަށް 10،000 ރުފިޔާ އެވެ.

ކުރިން މި ޕްރޮމޯޝަން ކުރިއަށްގެންދަން ރާވާފައި އޮތީ 15 ފެބްރުއަރީއިން ޖުލައި މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް ޕްރޮމޯޝަންއަށް ލިބެމުންދާ ތަރުހީބު ބޮޑު ކަމުން މިހާރު ޕްރޮމޯޝަންގެ މުއްދަތު 31 ޑިސެމްބަރާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށް އެންޒީއިން ބުނެ އެވެ.
ޕްރޮމޯޝަންގައި ކޮންމެ މަހަކު ނަގާ ލަކީޑްރޯގެ އިތުރުން ޑިސެމްބަރުގެ ނިޔަލަށް އެސްއެމްއެސް ކޮށްފައިވާ ހުރިހާ ފަރާތްތަކުގެ މެދުގައި ގްރޭންޑް ލަކީޑްރޯއެއް ވެސް ނަގާނެ އެވެ. ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރި ތިން ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000 ރުފިޔާ، 50،000 ރުފިޔާ އަދި 100،000 ރުފިޔާ ލިބިގެންދާނެ އެވެ.
އެންޒީގެ އުފެއްދުންތައް ގޭގައި ތިބެ، އެންޒީގެ އޯޑަރުކޮށްލެވޭނެ އެވެ. އެންޒީ މަސްދަޅު ކޭސްތަކުގެ އަގަކީ، ތެޔޮ މަސްދަޅު ކޭހެއް 555ރ އަށް އަދި ފެން މަސްދަޅު ކޭހެއް 530ރ އަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެސްއެމްއެސް ކުރި ހުރިހާ ފަރާތްތަކަށް ވެސް އެންޒީގެ މެނޭޖްމަންޓުގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް ވަނީ އަދާކޮށްފަ އެވެ.
އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގެ އިތުރު މަޢުލޫމާތު އެންޒީގެ ފޭސްބުކް ޕޭޖުން ބަލައިލެވޭނެ އެވެ.