18 Aug 2020, 08:24
ކޮރޯނާއާ ގުޅިގެން އިނގިރޭސިވިލާތުގެ ސްކޫލްތަކުން ކިޔަވައިދިނުމުގައި ކުރިމަތިވި ދަތިތަކާ ހުރެ އޯ ލެވެލް އަދި އޭ ލެވަލްގައި ދަރިވަރުންނަށް މާކްސްދޭން ކަނޑައެޅި އުސޫލަށް ބަދަލުގެންނަން ނިންމައިފި އެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން ކުރިން ޝެޑިއުލްކޮށްފައި އޮތް އޯ ލެވަލް އަދި އޭ ލެވަލް އިމްތިހާން ނުބާއްވަ އެވެ.
އިމްތިހާން ނުބޭއްވި ނަމަވެސް ދަރިވަރުންނަށް ވަނީ މާކްސް ދީފަ އެެވެ. މީގެ ކުރިން ދަރިވަރުންނަށް މާކްސް ދެން ނިންމާފައި އޮތީ އިމްތިހާން ރެގިއުލޭޓާ އޮފްކުއެލްއިން ކަނޑައެޅި އެލްގޮރިތަމް ޕްރޮގްރާމެއް ބޭނުންކޮށްގެންނެވެ.
ނަމަވެސް އެގޮތަށް މާކްސް ދިނުމުން ދަރިވަރުންނަށް މާދަށުން ލިބުމުން ގިނަ ދަރިވަރުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.
އިނގިރޭސިވިލާތުގެ ދަރިވަރުން ބުނީ އަލްގޮރިތަމްއިން މާކްސް ދިންއިން އެ ދަރިވަރުންނަށް ލިބެން ޖެހޭ މާކްސްއަށް ވުރެ 40 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.
އޮފްކުއެލްއިން ކަނޑައެޅި އެލްގޮރިތަމް ބޭނުންކޮށްގެން މާކްސް ދޭއިރު ވަރަށް ގިނަ ކަންތައްތަކަށް ބަލަ އެވެެ. އޭގެ ތެރޭގައި ދަރިވަރުން މީގެ ކުރިން ސްކޫލްގައި ހަދާފައިވާ އިމްތިހާންތަކަށާއި، ދަރިވަރުންނަށް ލިބޭނެކަމަށް ޓީޗަރުން އަންދާޒާކޮށްފައިވާ މާކުހާއި، ސްކޫލްތަކުން މީގެ ކުރީގެ އަހަރުތަކުގައި ހޯދާފައިވާ މާކްސްތައް ހިމެެެނެ އެވެ.
ފާޑިކިޔުންތަކާ ގުޅިގެން ދެން މާކްސް ދިނުމުގައި ބޮޑަށް ބަލާނީ ދަރިވަރުންނަށް ލިބޭނެކަމަށް ޓީޗަރުން އަންދާޒާކޮށްފައިވާ މާކްސްއަށް އެކަންޏެވެ. ނަމަވެސް ޓީޗަރުން އަންދާޒާކޮށްފައިވާ މާކްސްއަށްވުރެ މަތިން އަލްގޮރިތަމް ބޭނުންކޮށްގެން މާކްސް ލިބިއްޖެނަމަ ދަރިވަރުންނަށް ލިބޭނީ އެ މާކުހެވެ.--- ބީބީސީ--