ފުލުހުންގެ މީޑިއާ އޮފިޝަލުގެ މަގާމުގައި ހުރި ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މާލޭ ރީޖަން ކޮމާންޑަރުގެ މަގާމަށް ބަދަލު ކުރައްވައިފި އެވެ.

ފުލުހުންގެ މީޑިއާ ޔުނިޓްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ރީޖަން ކޮމާންޑަރުގެ މަގާމަށް ބަދަލު ކުރެއްވިކަން ޝިޔާމް ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ކަމުގެ މަގާމާ މިވަގުތު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ސަބް އިންސްޕެކްޓަރު ހަސަން ހަނީފު މިއަދު ވިދާޅުވީ، ޝިޔާމު އެހެން މަގާމަކަށް ބަދަލު ކުރިއަސް، ކުރިއެކޭ ވެސް އެއްގޮތަށް މީޑިއާ އަށް ފަސޭހަ ކަމާ އެކު ފުލުހުންގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ލިބޭނެ ކަމަށެވެ.

ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ތަފާތު ތަމްރީނުތައް ފުރިހަމަކޮށްފައިވާ ޝިޔާމް ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ފުލުހުންގެ މީޑިއާ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އަދި ފުލުހުންނާއި މީޑިއާއާ ގާތްގުޅުމެއް ވަނީ އުފައްދައިފަ އެވެ.