16 Aug 2020, 08:11
ސްޓާޕްލަސްއިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ"ގައި އަނޫރާގް ބާސޫގެ ރޯލުން ފެންނަ ޕާރތު ސަމްތާން އާއި ޕްރޭނާގެ ރޯލުން ފެނިގެންދާ އެރިކާ ފެނާންޑޭޒް އެ ޝޯ ދޫކޮށްލަން ނިންމައިފި އެވެ.
އަނޫރާގް މިހާރު އެ ޝޯ އެއްކޮށް ދޫކޮށްލަން ނިންމާފައިވާއިރު އޭނާ ވަނީ ޝޯގެ ޓީމަށް ނޯޓިސް ވެސް ދީފައެވެ. އޭނާ ކަސޯޓީ ދެން ކުޅޭނީ އަންނަ މަހު 10 ވަނަ ދުވަހާ ހަމައަށެވެ. އަނޫރާގް ޝޯ ދޫކޮށްލާކަން ކަށަވަރުވެފައިވާއިރު ޕްރޭނާ ވެސް މިހާރު ކަސޯޓީ ދޫކޮށްލުމުގެ ވިސްނުމެއް ގެންގުޅޭކަމަށް ރިޕޯޓްތައް ބުނެއެވެ.
އަނޫރާގް އާއި ޕްރޭނާގެ ޖޯޑަކީ އާންމުންގެ ލޯބި ހޯދާފައިވާ ޖޯޑެކެވެ. އެ ޝޯ ދޫކޮށްލަން އަނޫރާގް ނިންމީ އެ ޑްރާމާގެ ވާހަކަ އެހާ ކަމުނުދާކަމަށް ބުނެފައެވެ. ޑްރާމާގައި އަނޫރާގް އާއި ޕްރޭނާ ވަކިވުމުން މިހާރު ގިނައިން ބަޖާޖް އާއި ޕްރޭނާގެ ގުޅުމެވެ. އަދި ޑްރާމާގައި 10 އަހަރުގެ ދަރިފުޅުގެ ބައްޕަގެ ރޯލު ކުޅެން އަނޫރާގް ހިތްހަމައެއް ނުޖެހެ އެވެ.
ކަސޯޓީގެ ފުރަތަމަ އެޕިސޯޑެއް ސްޓާޕްލަސްއިން ދެއްކީ 2018 ވަނަ އަހަރު އެވެ.