ދިވެހި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް އިސްތަވާން އުރުބާނީ މިމަހުގެ 17 ވަނަ ދުވަހު މާލެ އަންނާނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމްގެ އިސް އޮފިސަލަކު މިއަދު ވިދާޅުވީ، ޤައުމީ ކޯޗް މިމަހުގެ 17 ވަނަ ދުވަހު މާލެ އައުމަށް ހަމަޖެހިފައިވާ ކާމަށައި ކޯޗް މާލެ އައިސް ކުރިއަށް އޮތް އޭއެފްސީ ޗެލެންޖްކަޕަށް ތައްޔާރުވުމަށް ޓީމްގެ ފަރިތަކުރުންތައް ފަށާނެ ކަމަށެވެ.

އެގޮތުން ޓީމްގެ ފަރިތަކުރުންތައް މިމަހުގެ 18 ވަނަ ދުވަހު ފަށާއިރު، މުބާރާތައް ދާ ޓީމްގެ ސްކޮޑް ނެގުމަށް ހަމަޖެހިފައި ވަނީ ވެސް ކޯޗް މާލެ އައުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަހަރުގެ އޭއެފްސީ މުބާރާތުގައި ރާއްޖެ ލައްވާލީ ގްރޫޕް އޭ ފަޅީގަ އެވެ. އެގޮތުން މުބާރާތުގައި ރާއްޖެ ހިމެނޭ ފަޅީގައި ހިމެނޭ ޓީމްތަކަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ތުރްކުމެނިސްތާން އަދި ފަލަސްތީނެވެ.

މުބާރާތުގައި ރާއްޖެ މެޗް ކުޅޭ ދުވަސްތައް
މާޗް މަހުގެ އަށް ވަނަ ދުވަހު: ރާއްޖެ އާއި ތުރްކުމެނިސްތާން
މާޗް މަހުގެ 10 ވަނަ ދުވަހު: ނޭޕާލާއި ރާއްޖެ
މާޗް މަހުގެ 12 ވަނަ ދުވަހު: ރާއްޖެ އާއި ފަލަސްތީން