13 Aug 2020, 23:58
ފަތުރުވެރިންނަށް ހިދުމަތްދޭ އަށް ރިސޯޓަކުން 12 މުވައްޒަފަކާއި ހަ ފަތުރުވެރިއަކު ކޮވިޑް19 އަށް ޕޮޒިތިވް ވެފައިވާ ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޕޮޒިޓިވްވި ފަތުރުވެރިން ތިބީ ކޮން ރިސޯޓުތަކެއްގައި ަމެއް އަދި އެމީހުންގެ އިތުރު ތަފްސީލް ނުލިބޭ ކަމަށެވެ.
ކޮވިޑް19 އާއި ގުޅިގެން މާޗު 27 އިން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ މަހުގެ 15 ގައި ވަނީ ބޯޑަރު ހުޅުވާލައިފައެވެ. އޭގެ ފަހުން މިއަދާއި ހަމައަށް 7،774 މީހަކު ރާއްޖެ އައިސްފައިވާއިރު މިއަދު 157 މީހަކު ރާއްޖެ އައިސްފައިވެއެވެ.
މިއަދު ރާއްހެ އައި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް އެޗްއީއޯސީ އިން ބުންޏެވެ.
މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 15 ރަށެއްގައި ބައްޔަށް ޕޮޒިޓިވް މީހުން އެބަތިބި ކަމަށް އެޗްޕީއޭ އިން އާންުކޮށްފައިވާ މައުލޫމާތުގައި ވެއެވެ.
މި ރަށްރަށަކީ:
ހއ. ކެލާ، އިހަވަންދޫ، ފިއްލަދޫ
- ހދ. ނައިވާދޫ
- ރ. ހުޅުދުއްފާރު
- ބ. ކަމަދޫ، ކުޑަރިކިލު
- ޅ. ހިންނަވަރު، ނައިފަރު
- ކ. މާފުށި، ތުލުސްދޫ
- ވ. ފުލިދޫ
- ފުވައްމުލައް ސިޓީ
- އައްޑޫސިޓީ ހިތަދޫ، ފޭދޫ
އެޗްއީއޯސީ އިން ބުނީ މިވަގުތު އެއްވެސް ރަށެއް މޮނީޓަރިންގެ ހާލަތުގައި ނެތް ކަމަށެވެ.
ރަށްރަށުން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލެއިން ރަށަށް ގޮސް ހޯމް ކަރަންޓީނު ފުރިހަމަ ކޮށް ނެގި ސާމްޕަލްތައް ޕޮޒިޓިވްވި މީހުންނާޢި މާލެ ދަތުރުކުރާ ބޯޓުފަހަރުގައި މަސައްކަތްކުރާ މީހުންނާއި އެ މީހުންގެ ކޮންޓެކްޓުންނެވެ.
މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 5،494 އަށް އަރައިފައެވެ. 2،920 މީހުން ބަލިން ރަގަޅުވެފައިވާއިރު 21 މީހަކު މި ބަލީގައި މަރުވެފައިވެއެވެ.