ކުއީން ޕާކް ރޭންޖާސް (ކިޔުޕީއާރު) ގެ ހުސްވެފައިވާ ކޯޗު ކަމުގެ މަގާމަށް މާކް ހިއުސް ގެންނަން މަސައްކަތް ކުރާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ. ކިޔުޕީއާރުގެ ކޯޗު ކަމުގައި ހުރި ނީލް ވާނޮކް މަގާމުން ދުރުކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.

އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި އެމްކޭ ޑޮންސް އާއި ދެކޮޅަށް ކިޔުޕީއާރު ކުޅުނު މެޗު 1-1 ލަނޑުން އެއްވަރުވެގެން ނިމުމަށް ފަހު، ދެން އިވިގެން ދިޔަ ހަބަރަކީ އެކުލަބުގެ ކޯޗުކަމުގެ މަގާމުން ވާނޮކް ދުރުކުރި ހަބަރެވެ.

ޗެމްޕިއަންޝިޕުން ޕްރެމިއާ ލީގަށް މިސީޒަނުގައި ކޮލިފައިވި ކިޔުޕީއާރު އޮތީ ރެލިގޭޝަން ޒޯނަށް ވެއްޓުމާއި ވަރަށް ގާތުގަ އެވެ. އެކުލަބު އެންމެ ފަހުން ކުޅުނު އެގާރަ މެޗުން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ކުރީގެ ފުލަމް ކޯޗް ހިޔުސް އަށް ކޯޗުގެ މަގާމު ދޭން ކުޔުޕީއާރުން ވާހަކަ ދައްކަމުންދާ ކަމަށް ރިޕޯޓްތައް ބުނަމުން ދެ އެވެ.