ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ އެވެ.

އޭދަފުށި މަގުހެމުގެ މަސައްކަތް ކުރަނީ އެމްޓީސީސީއިންނެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، ދުވާރުތަކުގެ ޑިޒައިންތައް ބަލާ ސާވޭކޮށް، އަޅާފައިވާ ދުވާރުތަކަށް ބަލާ މަގުތަކުގައި ތާރު އަޅާ، އެ މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތާއި، ސްޓޯމްވޯޓާ ސްޓޭޝަންތައް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތްވެސް ކުރާނެއެވެ.

މި މަޝްރޫއަކީ 38.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 22 އޭޕްރިލް 2019 ގައެވެ.