އެފްއޭކަޕުގެ ހަތަރު ވަނަ ބުރުގެ ގުރުލުން ބާއްވައިފި އެވެ. ޕްރެމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑު ހަތަރު ވަނަ ބުރުގައި ކުރިމަތިލާން ޖެހިފައިވަނީ ލިވަޕޫލްއާ އެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅޭ މިމެޗު ވެގެންދާނީ މިސީޒަނުގައި މިދެޓީމު ވާދަކުރަން ޖެހޭ ދެވަނަ ފަހަރަށެވެ. ޕްރެމިއާ ލީގުގައި މިދެޓީމު ވާދަކުރި މެޗު ވެފައިވަނީ މިސީޒަނުގައި ކުޅެވުނު އެންމެ ފޯރިގަދަ މެޗުތަކުގެ ތެރެއިން އެއް މެޗަށެވެ. މިދިޔަ އޮކްޓޯބަރު މަހު ކުޅުނު އެމެޗުގައި ލިވަޕޫލްގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް މެންޔުނައިޓެޑްގެ ފްރާންސް ޑިފެންޑަރު ޕެޓްރީޝޭ އެވްރާއާއި ނަސްލީގޮތުން ދިމާކުރުމުގެ ސަބަބުން ހުރީ އަށް މެޗުގެ ސަސްޕެންޝަނެއްގަ އެވެ.

ކިޔުޕީއާރު އާއި އެމްކޭ ޑޮންސް އަލުން ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށް ނުކުންނާނީ ޗެލްސީ އެވެ. ޗެލްސީ އެމެޗު ކުޅެން ޖެހޭނީ ރަށުން ބޭރުގަ އެވެ. ޕްރެމިއާ ލީގުގައި ކިޔުޕީއާރު އާއި ޗެލްސީ ކުޅުނު މެޗު ވެސް ވެގެންދިޔައީ ފޯރިގަދަ މެޗަކަށެވެ.

ތިރީގައި އެވަނީ މިމަހު 28، 29 އަދި 30 ގައި ކުޅޭ އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުގައި ބައްދަލުކުރާނެ ޓީމުތަކެވެ.

ބްރައިޓަން އެންޑް ހޯވް ނޫނީ ރެޒްހަމް – ނިއުކާސަލް ޔުނައިޓެޑް
ސަންޑަލޭންޑް – މިޑްލްސްބްރޯ
ޑަގެންހަމް އެންޑް ރެޑްބްރިޖް ނޫނީ މިލްވޯލް – ސައުތެމްޓަން
ހަލް ސިޓީ – ކްރޯލީ ޓައުން
މިލްޓަން ކޭނެސް ޑޮންސް ނޫނީ ކިޔުޕީއާރު – ޗެލްސީ
ވެސްޓް ބްރޮމްވިޗް އަލްބިއޮން – ނޮވިޗް ސިޓީ
ބްލެކްޕޫލް – ޝެފީލްޑް ވެނިސްޑޭ
އާސެނަލް ނޫނީ ލީޑްސް ޔުނައިޓެޑް – އެސްޓަން ވިލާ
ސްޓެވެނޭޖް – ނޮޓްސް ކައުންޓީ
ވެޓްފޯޑް – ޓޮޓެންހަމް ހޮޓްސްޕާ
ލިވަޕޫލް – މެންޗެސްޓާ ޔުނައިޓެޑް
ޑާބީ ކައުންޓީ – ސްޓޯކް ސިޓީ
މެކްކްލެސްފީލްޑް ޓައުން ނޫނީ ބޮލްޓަން ވެންޑަރާޒް – ސްވަންސީ ސިޓީ
ޝެފީލްޑް ޔުނައިޓެޑް – ބާމިންގްހަމް ސިޓީ ނޫނީ ވޮލްވްސް
ނޮޓިންގްހަމް ފޮރެސްޓް ނޫނީ ލެޗެސްޓާ ސިޓީ – ސްވިންޑަން ޓައުން