14 Aug 2020, 19:10
އުރީދޫގެ ޑިޖިޓަލް ސެންޓަރެއް އައްޑޫ ސިޓީ ހިތަދޫގައިވެސްު ހުޅުވައިފިއެވެ.
މިއަދު ހުޅުވި އެ ސެންޓަރު ހުންނަނީ ހިތަދޫގައި ހުންނަ އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރު ކައިރީގައެވެ. އެ ސެންޓަރު މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް 24 ގަޑިއިރު ބިލް ދެއްކުމުގެ ހިދުމަތް ލިބިގެންދާނެކަމަށް އުރީދޫއިން ބުންޏެވެ.
އެ ސެންޓަރުގަިއ ހިމެނޭ ސެލްފު ސާވިސް ކިއޮސްކްތައް މެދުވެރިކޮށް ބޭނުން ގަޑިއެއްގައި ރީޗާޖްކޮށް ކޭޝްއިން ޕްރޮސެސް ކުރެވެއެވެ.
އުރީދޫއިން ވަނީ މާލޭގެ އިތުރުން ކުޅުދުއްފުށި، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ އިތުރުން ގދ. ތިނަދޫ އަދި ލ. ގަމުގައިވެސް އެފަދަ ޑިޖިޓަލް ސެންޓަރުތައް ހުޅުވައިފައެވެ.
އުރީދޫއިން ބުނީ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުޅާކޮށް ފަސޭހަކަމާއެކު ހިދުމަތްތައް ދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެ ކަމަށެވެ.