ނުވަ މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް ގދ. ދާންދޫ ކައިރީ އޮތް ގިރިއަކަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ނުވަ މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް ކަމަށްވާ "ޕްރޮގްރެސް ބޯޓް" ދާންދޫ ކައިރީ އޮތް ގިރިއަކަށް އަރައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކްއޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 18:33 ހާއިރު ކަމަށެވެ.

އެ މައްސަލައިގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުންދާއިރު އިތުރު އަޕްޑޭޓެއް އަދި ލިބެން ނެތް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުގެ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ކަނޑުމަތީގެ ހާދިސާތަކެއް ވަނީ ދާދި ފަހުން ހިނގާފައެވެ.