މާލޭ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މާފަންނުގައި ހުންނަ ގެއެއްގެ ތެރޭ މީހަކު މަރުވެފައޮ އޮތްކަމުގެ މައުލޫމާތު މިއަދު މެންދުރު 1:00 ހާއިރު ލިބިފައިވާ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނީ އިންޑިއާގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.