10 Jan 2012, 11:44
އިޔާދަ ކުރަނިވި ހަކަތައިގެ އިންވެސްޓްމެންޓް ޕްލޭންގެ ދެލިކޮޕީ އަށް ހިޔާލު ހޯދުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ "ސްކޭލިން އަޕް ރިނަވަބަލް ޕްރޮގްރާމް"ގެ ދަށުން ކުރިއަށް ގެންދާ އިންވެސްޓްމެންޓް ޕްލޭނަކީ 2017 ވަނަ އަހަރުގެ ނިޔަލަށް ކަރަންޓް އުފެއްދުމަށް ބޭނުންވާ ޑީސަލްގެ މިންވަރު މަދުކޮށް އިޔާދުކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް 30 ޕަސަންޓަށް އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލާ ޕްލޭނެއް ކަމަށެވެ.
ޕައިލެޓް ޕޮރޮޖެކްޓެއްގެ ދަށުން ކުރިއަށް ގެންދިމަށް ހަމަޖެހިފައިވާ ހަކަތައިގެ އިންވެސްޓްމެންޓް ޕުލޭނަށް އޮންލައިންކޮށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ކުރިއަށް އޮތް ދެ ހަފްތާގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އިންވެސްޓްމެންޓް ޕްލޭންގެ މަގުސަދަކީ ރާއްޖޭގައި ގައުމީ ފެންވަރެއްގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް މެދުރާސްތާގެ ޕްލޭނެއް އެކުލަވާލުލުން ކަށެވެ.
އެމިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހަކަތައިގެ އިންވެސްޓްމެންޓް ޕްލޭން އެކުލަވާލައި މަޝްރޫއު ހިންގުމަށް ކުލައިމެޓް އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ހިމެނޭ ބޭންކުތަކުގެ އެހީގައި "އެސްރެޕް" ން ވަނީ ރާއްޖެ އަށް 30 މިލިއަން ޔޫއެސްޑޮލަރު ހަރަދުކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ.