12 Aug 2020, 10:24
ދައުލަތުގެ ބަޖެޓުގައި އޮފީސްތަކުން ހިމަނަން ބޭނުންވާ ކަންތައް ހުށަހަޅަން ޖެހޭނީ އައިލްސް ޕޯޓަލް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.
އެ މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޖެޓު ސާކިޔުލާގައި ބުނީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް ލަފާކުރާ މެދު ރާސްތާ ބަޖެޓުގެ ނިއު ޕޮލިސީ އިނިޝިއޭޓިވް ހުށަހެޅުމަށް މިހާރު ހަމަޖެހިފައިވަނީ އައިލްސް ޕޯޓަމް މެދުވެރިކޮށް ކަމަށެވެ.
ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ބަޖެޓުގައި ހިމަނަން ބޭނުްނވާ ކަންތައް ޕޯޓަލް މެދުވެރިކޮށް އޮގަސްޓް 31 ގެ ކުރިން ހުށަހެޅުމަށް ސާކިޔުލާގައި ބުނެފައިވެއެވެ.
ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ގޮތުގައި ހުށަހަޅާ ކަންތައްތަތަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ކަންރައް ހާސިލުވާނެހެން އެކުލަވާލާ ކަންތައް ކަމުގައި ވަންވާނެ ކަމަށްވެސް އެ ސާކިޔުލާ ގައި ވެއެވެ.