ގއ. ވިލިނގިލިން މަސްވެރި ކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ތެރޭ، ބަދުއަޚްލާގީ ޢަމަލު ހިންގިކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްދޯންޏެއްގެ ތެރޭ ބަދުއަޚްލާގީ ޢަމަލު ހިންގި މައްސަލަ އެއްގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ފަސް މީހަކު ހައްޔަރުކޮށް، ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަސް މީހަކު ހައްޔަރު ކުރީ އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގަ އެވެ. އަދި ކަންނެލީ މަސްވެރިކަމަށް ނުކުތް ދޯނީގެ ތެރޭ އެއްޖިންސުން ގުޅުން ހިންގި މަންޒަރު ވަނީ އެ ދޯނީގެ ބައެއް މީހުން ވީޑިއޯ ވެސް ކޮށްފަ އެވެ. ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.