11 Aug 2020, 23:59
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލިފަހުން މާފަރު އެއާޕޯޓުން މިހާތަނަށް 10 ޕްރައިވެޓް ޖެޓަށް ހިދުމަތް ދީފިއެވެ.
ކޮވިޑާ ގުޅިގެން ހަތަރު މަހެއްހާ ދުވަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
އަބޫދާބީގެ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ އެއާޕޯޓެކެވެ.
ކޮވިޑަށް ފަހު ނިއު ނޯމަލްއަށް އެ އެއާޕޯޓް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެެ.
ގިނަ އަދަދެއްގެ މަތީ ފަންތީގެ ރިސޯޓުތަކެއް މާފަރު އެއާޕޯޓް ސަރަހައްދުގައި ހިމެނޭއިރު އެ އެއާޕޯޓުގައި ވަނީ ކޮވިޑަށް ޓެސްޓް ކުރެވޭ ސެންޓަރެއްވެސް ވަނީ ހުޅުވައިފައެވެ.
އޭގެ އިތުރުން އެ އެއާޕޯޓްގައި ވަނީ ވަނީ ތާމަލް ކެމެރާ ބަހައްޓައިފައެވެ.
މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑުކުރަން އެކަން ކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ މޭ މަހު ބީލަމަށްވެސް އޮތީ ލައިފައެެވެ. އެކަމަށް ބޭނުންވާ ފަންޑު ދޭން ޔޫއޭއީ ސަރުކާރުންވެސް ވަނީ ރުހުން ދީފަ އެވެ.