14:30


ކުޑަ ޑިންގީއެއްގައި ހާލުގައި ޖެހިފައި ތިބި ބިދޭސީ ދެ މީހުން ރ. އަލިފުށި ކައިރިން ފެނިއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ޑިންގީ ފެނިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އަލިފުށި ކައިރިން ދަތުރުކޮށްފައިދިޔަ އެއަތޮޅު ދޯންޏަކަށް ކަމަށާއި އެ ޑިންގީގައި ތިބި ދެ މީހުންނަށް އަލިފުށީ ސިއްހީ މަރުކަޒުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.


ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެންނަ ސޯމާލިޔާ ޑިންގީތަކާއި ވައްތަރުގެ އެ ޑިންގީގައި ތިބީ ސޯމާލިޔާގެ ދެ މީހުން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.