ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް، އަހްމަދު ސުލައިމާނު އެ ކޮމިޝަނުގެ މެންބަރު ކަމުން ވަކިކޮށްފި އެވެ.

އެންއައިސީގެ މެންބަރުކަމުން ސުލައުމާނު ވަކިކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އޭނާ މަގާމުން ވަކި ކުރިކަން ރައީސް އޮފީހުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އެންއައިސީގެ މެންބަރު ކަމުން ސުލައިމާނު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސް ސޯލިހަށް ލަފާއަރުވައިފަ އެވެ.

އެންއައިސީއަށް މިދިޔަ ސަރުކާރުގައި އައްޔަނު ކޮށްފައިވާ ހަތަރު މެންބަރަކު ވަކި ކުރަން ރައީސް ސޯލިހަށް ލަފާ އަރުވަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކުރި އެވެ.

ކޮމެޓީން އެގޮތަށް ނިންމާފައި ވަނިކޮށް ސުލައިމާނު ފިޔަވައި އަނެއް ތިން މެމްބަރުން ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވައިފަ އެވެ.

އެ ތިން މެންބަރުންނަކީ އެ ކޮމިޝަނުގެ ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން ހަދީޖާ އަބްދުﷲ އެވެ.