ދ. ކުޑަހުވަދޫން: ހުސައިން ހަސަން

ރޭ މާރާލާފައި އޮއްވާ ފެނުނު ގެމަންދޫން ކުޑުހުވަދުއަށް ހިޖުރަކުރި އަލީ ހަސަން (އައްޔުބޭ) މަރާލާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރާ، ކުޑަކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލައެއްގެ ޝަރީއަތް އިއްޔެ މި ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ފަށައިފައި ވަނިކޮށް ކަމަށް މިރަށު ކައުންސިލުން ބުނެފި އެވެ.

މިރަށުގެ އިސްވެރިއަކު ވިދާޅުވީ އައްޔުބޭގެ މައްޗަށް ކޮށްފައިވާ އެ ދައުވާގެ ޝަރީއަތް އިއްޔެ ކޯޓްގައި ފެށިއިރު މިއަދަށް ވެސް އެ މައްސަލައިގެ ދެވަނަ އަޑުއެހުމެއް ބާއްވަން ޝެޑިއުލްކޮށްފައިވާ އޮތް ކަމަށެވެ.

އައްޔޫބޭގެ މައްޗަށް މި ދައުވާކޮށް މައްސަލަ ފެށިއިރު އޭނާ ދ. ގެމެންދޫ ކުޑަ ކަތީބު ކަމުން ހުންނެވި ދުވަސްވަރު ފޫޅުމާ ފޮތެއް ކުރެހުންތަކެއް ދައްކައިގެން ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ސާބިތުވެ ފ. އަތޮޅު ރަށަކަށް ވަނީ ކުރިން އަރުވާވެސްލާފަ އެވެ.