ސަލްމާން ޚާން ހޯސްޓްކޮށްދޭ ބިގް ބޮސް ގެ 14 ވަނަ ސީޒަން އިއުލާންކޮށް ޕްރޮމޯ ދައްކާލައިފި އެވެ.

ކަލާޒް ޗެނަލުން ގެނެސްދޭ އެ ޝޯ އަކީ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ. މިއަހަރު ތެރޭ ޝޯ ދައްކަން ނިންމާފައިވާއިރު އެ ޝޯ ދައްކާ ތާރީހެއް ހާމަކޮށްފައެއް އަދި ނުވެ އެވެ. ސަލްމާން ޚާން ޝޯގެ ޕްރޮމޯއިން ފެނިގެންދާއިރު ބިގް ބޮސް އިން ބުނީ މި ޝޯ ވަރަށް އަވަހަށް ދައްކަން ފަށާނެ ކަމަށެވެ. ބިގް ބޮސް 14 ގައި ބައިވެރިވާ ފަރާތްތަކެއް އަދި ހާމަކޮށްފައެއްނުވެ އެވެ.

މުނިފޫހިފިލުވުގެ ޝޯ ބިގް ބޮސް 13 ކާމިޔާބު ކުރީ އެކްޓަރު ސިދާތު ޝުކްލާ އެވެ. އޭނާ ޝޯ ކާމިޔާބު ކުރީ ގަދަ ތިނަކަށް ގޮސް އާސިމް ރިއާޒާއި ޝެހްނާޒް ގިލް (ސަނާ) ބަލިކުރުމަށްފަހު އެވެ.

"ބިގް ބޮސް"ގެ ޝޯ އެއް ފުރަތަމަ ގެނެސްދީފައި ވަނީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނެއްގަ އެވެ.