ޕަބްލިކް އެންޓަޕްރައިޒަސް މޮނިޓަރިން އެންޑް އިވެލުއޭޝަން ބޯޑުގެ ޗެއާޕާސަންގެ މަގާމަށް މ. ރަންފަސް ޙަސަން ޒާހިރު (ރާޑޯ ޒާހިރު) ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ޒާހިރު ޗެއާޕަރސަންގެ މަގާމަށް ހަމަޖެއްސެވީ މިހާތަނަށް އެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި މުޙަންމަދު ޝިހާބު، މިނިސްޓާ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަގާމަށް ޢައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ޕަބްލިކް އެންޓަޕްރައިޒަސް މޮނިޓަރިން އެންޑް އިވެލުއޭޝަން ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހެންވޭރު ކުރެދިމާގޭ އާދަމް ޢަބްދުލް ޣަފޫރާއި، މިނިސްޓާ އޮފް ހޯމްއެފެއާޒްގެ ނައިބު މުޙަންމަދު މާހިރު ޢީސާއާއި، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ މެންބަރު މުޙަންމަދު ޝަހުދީ އަންވަރާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ މެނެޖިން ޑިރެކްޓަރު ޝާހިދު ޢަލީއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ނައިބު ރައީސް ޢަދްނާނު ޙަލީމެވެ.