އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓްގެ މަގާމަށް ކާނަލް މުހައްމަދު މުޚުތާރު އައްޔަންކޮށްފި އެވެ.

ކާނަލް މުހުތާރު އެ މަގާމަށް އައްޔަންކުރެއްވީ އެކަމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

ކާނަލް މުޙައްމަދު މުޚުތާރު ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓް ކަމަށް އައްޔަން ކުރީ ކުރިން އެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހީމް ދިގު މުއްދަތަކަށް ރާއްޖެއިން ބޭރު ކޯހަކަށް ފުރާވަޑައިގެންނެވުމާއި ގުޅިގެން ކަމަށް އެމްއެންޑިއެފް އިން ބުންޏެވެ.