09 Jan 2012, 15:30
ރެއާލް މެޑްރިޑްގެ ކޯޗް ހޯސޭ މޮރީނިއޯގެ ރޭވުމުގައި އަދިވެސް ކަކާ ހިމެނޭ ކަމަށާއި، މި ސީޒަން ނިމެންދެން ކަކާ ޓީމުގައި މަޑުކުރާނެ ކަމަށް މޮރީނިއޯ ބުނެފައި ވެއެވެ.
އުމުރުން 29 އަހަރުގެ މިޑްފީލްޑަރު ކަކާ ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ކުލަބަކީ ފްރާންސްގެ ޕެރިސް ސެންޓް ޖާމެން (ޕީއެސްޖީ) އެވެ. އެކުލަބުން ކަކާ ގެންދިއުމަށް 23.5 މިލިޔަން ޔޫރޯގެ ހުށަހެޅުމެއް ރެއާލް އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތަކުން ބުނަމުން ދެއެވެ.
"މިސީޒަނާއި އަދި އަންނަ ސީޒަނުގައި ވެސް ކަކާ ރެއާލް ގައި މަޑުކުރާނެ." މޮރީނިއޯ ބުންޏެވެ.
ޖަރުމަނުގެ ޖަމާއަތެއްކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައިއެފްއެފްއެޗްއެސް) އިން ހޮވާ އެންމެ މޮޅު ކޯޗެއްގެ މަގާމު ބާސެލޯނާގެ ޕެޕް ގާޑިއޯލާ އަށް ދިނުމުން އެއްވެސް ޝަކުވާއެއް ނެތްކަމަށާއި އޭނާ އަށް އެމަގާމު ހައްގުވާކަމަށް ވެސް މޮރީނިއޯ ބުނެފައި ވެއެވެ.
"ގާޑިއޯލާ އަށް އެ އެވޯޑު ހައްގުވޭ. އެއިނާމު ގާޑިއޯލާ އަށް ލިބުމުގައި ގިނަ ދުވަސްތަކެއް މަޑުނުކުރުން އެދެން. އެއީ އަހަރެންނަށް ވެސް 2010 ވަނަ އަހަރު އެއެވޯޑު ލިބުނު ނަމަވެސް އެ އިނާމެއް ނުދޭ." މޮރީނިއޯ ބުންޏެވެ.