07 Aug 2020, 23:51
މަސްތުވާތަކެތީގެ މައްސަލައެއްގައި ކ. ކާށިދޫން ފުލުހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ފުލުސް މީހާ އަކީ އެހެން ރަށެއްގައި މަސައްކަތް ކުރާ ފުލުހެއް ކަމަށެވެ. އުމުރުން 33 އަހަރުގެ އެ ފުލުސްމީހާ އެރަށަށް ދިޔައީ ޗުއްޓީއަކަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އޭނާ މަސްތުގެހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާތަކެތި ޓެސްޓްޓުކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް މިޑީއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ބުނީ، މިރޭ ހައްޔަރު ކުރި އެ ފުލުސް މީހާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ތިން ޕެކެޓު ފެނިފައިވާ ކަމަށެވެ.
އޭނާގެ ބަންދަށް ކާށިދޫ ކޯޓުން މިހާރު ވަނީ 10 ދުވަސް ޖަހާފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.