07 Aug 2020, 10:14
މަޝްހޫރު ސުޕަނެޗުރަލް ޑެއިލީ ސޯޕް ކަމަށްވާ "ނާގިން"ގެ ފަސް ވަނަ ސީޒަން އާދިއްތަ ދުވަހު ދައްކަން ނިންމައިފިއެވެ.
ކަލާޒް ޗެނަލުން ނާގިން 5 ދައްކަން ނިންމާފައިވާއިރު މި ސީރީޒްގެ ޕްރޮމޯ ވީޑިއޯ ކޮޅެއް ވެސް ކަލާޒް ޓީވީއިން މިހާރު ވަނީ އާންމުކޮށްފައެވެ.
ދެހާސް ފަނަރަ އަހަރުން ފެށިގެން ބާލާޖީ ޓެލެފިލްމްސްގެ ދަށުން ޕްރޮޑިއުސަރު އެކްތާ ކަޕޫރް ގެނެސްދެމުން އަންނަ ސުޕަނެޗްރަލް ސިލްސިލާގެ މި ސީޒަނުގެ ފިރިހެން ލީޑަކީ މި ފަހަރު ދީރަޖް ދޫޕަރެވެ.
ނާގިންގެ ފުރަތަމަ ދެ ސީޒަންގެ ލީޑް ރޯލުން ފެނިގެންގޮސްފައިވަނީ މޯނީ ރޯއި އާއި އަދާ ޝަރްމާ އެވެ. އަދި ނާގިންގެ ތިންވަނަ ސީޒަންގެ ލީޑް ރޯލުން ފެނިގެންގޮސްފައިވަނީ ކަރިޝްމާ ތަންނާއާއި ސުރުބީ ޖްޔޯތީ އަދި އަނީތާ ހަސަންއަންދާނީ އެވެ. "ނާގިން 4"ގެ ލީޑް ތަރިންނަކީ ނިއާ، ޖޭސްމިން ބާސިންގެ އާއި ވިޖެޔަންދުތަ ކުމޭރިއާ އެވެ.