06 Aug 2020, 18:35
ދިރާގު މަމެން ބޭނުންކުރަން ދައުވަތު ދީގެން ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.
ދިރާގުން ބުނީ މަމެންގައިވާ "މަމެން ރިފެރަލް" ފީޗާ މެދުވެރިކޮށް މަމެން ޕްލޭނެއް ނެގުމުން ދައުވަތުދިން ކަސްޓަމަރުގެ އިތުރުން އެ ރެފަރަލް މެދުވެރިކޮށް އަލަށް ކަނެކްޝަން ނަގާ ކަސްޓަމަރަށް ވެސް ހިލޭ ޑޭޓާ ލިބިގެންދާނެ އެވެ.
ހުރިހާ މަމެން ކަސްޓަމަރުންނަށްވެސް މަމެން އެޕްގައިވާ "ރިފަރަލް ޓެބް" މެދުވެރިކޮށް ޚާއްސަ "ރިފަރަލް ކޯޑް" އެއް ލިބޭނެ އެވެ. މި ކޯޑް މެދުވެރިކޯށް ބޯނަސް ޑޭޓާއާއި ލީޑާބޯޑް ޓްރެކް ކުރެވޭނެ އެވެ.
މަމެން އެޕް ގޫގުލް ޕެލޭ ސްޓޯ އަދި އެޕަލް އެޕް ސްޓޯއިން ހިލޭ ޑައުންލޯޑް ކޮށްލެވޭނެއެވެ.
މީގެ އިތުރުން ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަންގެ ދަށުން މަމެން ޑޭޓާ އެޑް-އޮންތަކުން 25 ޕަސެންޓު ޑިސްކައުންޓް މި މަހުގެ ނިޔަލަށް ލިބިގެންދާނެ އެވެ.
2017 ވަނަ އަހަރު ދިރާގުން ތައާރަފުކުރި މަމެންނަކީ އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ހަމަޖައްސާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މޯބައިލް ޕްލޭނެކެވެ. ޒުވާނުންނަށް ބޮޑަށް އަމާޒުކޮށްގެން ނެރެފައިވާ މަމެންއަކީ މިހާތަނަށް ރާއްޖޭގައި ތައާރަފްކުރި މިފަދަ ފުރަތަމަ މޯބައިލް ޕްލޭނެވެ.
ޒުވާނުން ބާރުވެރިކުރުމަށް ގިނަ ކަންތައްތައްކެއް ކުރުމަށް ދިރާގުން ނުހަނު ބޮޑު އިސްކަމެއްދެއެވެ. އެގޮތުން، ޒުވާނުންގެ މެދުގައި މަގުބޫލް ކެފޭތަކާއި ފިހާރަ ފަދަ ތަންތަނާ ގުޅިގެން ގިނަ ފައިދާތައް މަމެން ކަސްޓަމަރުންނަށް ލިބޭނެ މަގުތައް ދިރާގުން ދަނީ ހޯދަމުންނެވެ.