05 Aug 2020, 22:17
ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވީ 148 މީހުން ކަމަށާއި މީގެ ތެރޭގައި 117 ދިވެހީން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ 117 ދިވެހީންނާއި 22 ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާގެ ހަތް މީހުންނާއި ނޭޕާލް މީހެއްގެ އިތުރުން ސީޝެލްސްގެ މީހެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 4,594 އަށް އަރައިފައެވެ.
މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 146 ކޭހަކީ މާލެ ސަރަހައްދުން ފެނުނު ކޭހެވެ. ދެ ކޭސް އަކީ އަތޮޅުތެރެއިން ފެނުނު ކޭސްތަކެވެ.
މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުންދަނީ 1،869 މީހުންނަށެވެ. މީގެެ ތެރެއިން 110 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މިއަދު ބަލިން 13 މީހަކު ވަނީ ރަގަޅުވެފައެވެ.
ރާއްޖޭގައި ކޮވިޑުޖެހިގެން 19 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.